Online Prescription Submission
އައު ބޭސް ސިޓީ
- ބޭސް ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ވާންވާނެއެވެ.
- އަތުންލިޔެފައިވާ ބޭސް ސިޓީ ހުށައަޅާއިރު ބަލި މީހާގެ އައިޑީ ކާޑު ހުށައަޅަންވާނެއެވެ.
- ބޭސް ސިޓީ ލިޔުނު ތާރީޚުން ފެށިގެން 1 މަސްދުވަސް ނުވާ ބޭސް ސިޓީއެއް ކަމުގައި ވާންވާނެއެވެ.
- މިފަދަ ބޭސް ސިޓީތަށް ފާމަސީއިން 4 ގަޑިއިރު ތެރޭގައި ޕެކްކޮށް ބަލާ އައުމަށް ގުޅާނެއެވެ.
ދިގު މުއްދަތައް ބޭސްނަންގަވާ ބޭފުޅުން ދެވަނަ ފަހަރަށް ނުވަތަ ބޭސް ރީފިލް ކުރުމަށް އެދި ހުށައަޅަންޖެހޭ ލިޔެކިއުންތައް
- ބޭސް ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ވާންވާނެއެވެ.
- އަތުންލިޔެފައިވާ ބޭސް ސިޓީ ހުށައަޅާއިރު ބަލި މީހާގެ އައިޑީ ކާޑު ހުށައަޅަންވާނެއެވެ.
- ކުރިން ބޭސްނަގައިފައިވާ ބޭސް ސިޓީ އަކަށް ބޭސް އަލުން ދޫކުރެވޭނީ އެންމެފަހުން ބޭސްނަގާފައިވާ ދުވަހުން ފެށިގެން 75 ދުވަސް ފަހުންނެވެ. އެއީ ބޭސް ހުސްވާން 15 ދުވަހަށް ވީމައެވެ.
- ބޭސް ސިޓީ އަކީ ދިގުމުއްދަތައް ފަރުވާކުރާ ބައްޔަކައް ދޫކޮށްފައިވާ ބޭސް ސިޓީއަކަށް ވާންވާނެއެވެ.
- މިއުސޫލުގެ ދަށުން ކުރީގެ ބޭސް ސިޓީއަށް ދެވަނަފަހަރަށް ދޫކުރެވޭނީ ދިގުމުއްދަތަށް ކާންޖެހޭ ބޭސް އެކަނިއެވެ. ބޭސް ސީޓީގައި ހިމެނޭ އެހެނިހެން ބޭސް މިއުސޫލުގެ ދަށުން ދޫނުކުރެވޭނެއެވެ.
- އާސަންދައިން ހުއްދަ ދީފައިވާ ހޮސްޕިޓަލް އަދި ކްލިނިކް ތަކުން ދޫކުރާ ބޭސް ސިޓީއެއް ކަމުގައި ވާންވާނެއެވެ.
- ބޭސް ސިޓީ ލިޔެދީފައިވާ ތާރީޚުން ފެށިގެން 3 މަސްދުވަސް ނުވާ ،އެންމެފަހުން ބޭސް ދޫކޮށްފައިވާ ބޭސް ސިޓީ ކަމުގައި ވާންވާނެއެވެ.
- އާސަންދަ ޚިދުމަތްދޭ ބޭރުގެ ހޮސްޕިޓަލަކުން ލިޔެދީފައިވާ ބޭސް ސިޓީއެއްނަމަ، 6 މަސް ދުވަސް ނުވާ އެންމެ ފަހުގެ ބޭސް ސިޓީ ކަމުގައި ވާންވާނެއެވެ.
- މިފަދަ ބޭސް ސިޓީތަށް ފާމަސީއިން 48 ގަޑިއިރު ތެރޭގައި ޕެކްކޮށް ބަލާ އައުމަށް ގުޅާނެއެވެ.
ރާއްޖެއިން ބޭރުން ބޭސް ހޯދެއްވުމަށް އެދިލައްވާއިރު ހުށަހަޅުއްވަން ޖެހޭ ލިޔުންތައް
- ބޭސް ސިޓީއެއްގައި ހުންނަންޖެހޭ ހުރިހާ މަޢުލޫމާތެއް ފުރިހަމަ ވާންވާނެއެވެ.
- ބޭސް ސިޓީ ހުށައަޅާއިރު ބަލި މީހާގެ އައިޑީ ކާޑުގެ ދެފުށް ހުށައަޅަންވާނެއެވެ.
- ބޭސް ސިޓީ ލިޔުނު ތާރީޚުން ފެށިގެން 2 މަސްދުވަސް ނުވާ ބޭސް ސިޓީއެއް ކަމުގައި ވާންވާނެއެވެ.
- 3 މަސްދުވަހައް ވުރެ ގިނަ ދުވަހައް ބޭސް ލިޔެފައިވާނަމަ ބަލިމީހާގެ މެޑިކަލް ރިކޯޑްސް ބޭނުންވާނެއެވެ.
ބޭސް ހޯއްދެއްވުމަށް އެދިލެއްވުމަށްފަހު
- ބޭރުން ގެންނަން ހުށައަޅާ ބޭސް ފާމަސީއަށް ލިބުމުން ހުށައެޅުއްވި ފަރާތައް ގުޅާނެއެވެ.
- ބޭރުން ބޭސްގެނެވޭނެކަމަށް ލަފާކުރެވެނީ ހުށައަޅާ ތާރިޚުން ފެށިގެން 3 ނުވަތަ 8 ހަފްތާގެ މުއްދަތެއްގެ ތެރޭގައެވެ.
Documents Required for Live/New Prescription
- Prescription requirement should meet.
- Handwritten prescription should be submitted with both sides of patient’s ID card.
- Date of submission should not exceed 1 month from perception date.
- Pharmacy will attend live/new prescriptions within 4 hours and requesting party will be informed to pick up from the pharmacy.
Refilling of Medicine for Long Term/ Chronic Illness
- Prescription requirement should meet.
- Handwritten prescription should be submitted with both sides of patient’s ID card.
- Patients are eligible for refill after 75 days (last 15 days of 3-month cycle) from last dispense date.
- Prescription should be issued for a diagnosed long-term illness.
- Refill eligibility is for continued long term medication only, not for the other medicines prescribed.
- Prescription should be issued from an Aasandha approved health facility.
- Validity of a local prescription should not exceed 3 months.
- Validity of a foreign prescription should not exceed 6 months.
- Pharmacy will attend within 48 hours and requesting party will be informed to pick up from pharmacy.
Request to Import Specialty Medicine from Abroad
- Prescription requirement should meet.
- Requesting party must submit both sides of patient’s ID card.
- Prescription validity should be within 2 months from prescription date.
- If prescription is for above 3 months, patient's medical records should be submitted.
Post Prescription Submission
- Pharmacy will contact requesting party once medicines are sourced from abroad.
- Estimated time to import such medicine is approximately 3 to 8 weeks.